އާއިލާގައި ހިމެނޭ ކުޑަ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 15 އަހަރަށް ޖަލަށް

އާއިލާގައި ހިމެނޭ ކުޑަ ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގި މީހަކު 15 އަހަރަށް ޖަލަށް

ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އަހްމަދު އިމްތިޔާޒު ޒުކާ، ކިޔާ މީހަކަށް ކްރިމިނަލް ކޯޓުން މި ހުކުމް ކުރީ، އާއިލާ ކުއްޖަކާމެދު ޖިންސީ އަމަލެއް ހިނގައިގެން ކަަމަށް ހުކުމްގައިވެއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ގޯސްކޮށް ކަމަށް ބުނެ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ހައިކޯޓުގައި އޭނާ އެދުނީ އެއީ ގާނޫނާ ޚިލާފު ހުކުމެއް ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލު ކޮށްދިނުމަށެވެ.

ނަަމަވެސް އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، ހުށަހެޅުން ތަކަށް ބެލުމަށްފަހު، ހައިކޯޓުން އިއްޔެ ހުކުމް ކުރީ ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަަމަށް ކަނޑައަޅާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *