އިތުބާރު ނެތިގެން ފަނޑިޔާރު ކަމުން ވަކިކުރި، މަހާޒަށް ކޮމިޓީން އެންމެ ގިނަ މާކްސް

އިތުބާރު ނެތިގެން ފަނޑިޔާރު ކަމުން ވަކިކުރި، މަހާޒަށް ކޮމިޓީން އެންމެ ގިނަ މާކްސް

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ބޭފުޅުންގެ ނަންތައް ދިރާސާކުރި ޖުޑިޝަރީ ކޮމިޓީން އެންމެ ގިނަ މާކްްސް ލިބިވަޑައިގަތީ ސުޕްރީކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރި މަހާޒް އަލީ ޒާހިރަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނިންމުމަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ވޯޓަކުން މަހާޒް ފަނޑިޔާރުކަމުން ވަކިކުރީ، މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާކުރީ ޖުޑިޝަރީ ކޮމިޓީންނެވެ. އޭރު އެކޮމިޓީން ފާސްކުރީ މަހާޒަކީ އިތުބާރު ނެތް ބޭފުޅެއް ކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދެ ބޭފުޅުން އައްޔަން ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނު އިސްކަން ދެއްވާ ތަރުތީބުން ފަސް ނަމެއް ރަައްޔިތުންގެ މަޖިލީހަށް ފޮނުއްވެވިއެވެ. އެ ބޭފުޅުންނާ ކޮމިޓީން އިއްޔެ ވަނީ އިންޓަވިއު ކޮށްފައެވެ.

ކޮމިޓީން މަޖިލިސް ތަޅުމަށް ފޮވަން ފާސްކުރި ރިޕޯޓްގައި ވަނީ އެ އިންޓަވިއު ތަކުން 75 މާކްސްއަށްވުރެ މަތިން ލިބުނު ބޭފުޅުންގެ ތެެރެއިން ޓްރައި ބިއުނަލަށް އައްޔަން ކުރަން ފެންނަ ދެ ބޭފުޅަކަށް މަޖިލީހުގެ ރުހުން އޮތް ކަމަށް މަޖިލިސް ތަޅުމުން ފާސް ކުރަން އެދިފައެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ރައީސް ފޮނުއްވެވި ލިސްޓުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވި މަހާޒަށް ވަނީ އެންމެ ގޮނަ ޕޮއިންޓް ލިބިފައެވެ.

މަޖިލީހުގެ ކޮމިޓީން މާކްސް ދީފައިވާ ގޮތް:

1- މަހާޒް އަލީ ޒާހިރު، ގދ. މަޑަވެލި، މޭނާ- 97 ޕަސެންޓް

2- އިބްރާހިމް އަފީފު، ގުލްބަހާރުގެ، ބ. ތުލާދޫ- 91 ޕަސެންޓް

3- ޝައުފާ އިބްރާހިމް، އަކިރިވިލާ، ދ. މީދޫ- 83 ޕަސެންޓް

4- އަހުމަދު ޔާމީން، ބީޗްކޯނާ، ގދ. ގައްދޫ- 80 ޕަސެންޓް

5- ފާތިމަތު ނައުޝާން، ފިޔާތޮށިގެ، ޅ. ނައިފަރު- 71 ޕަސެންޓް

ކޮމިޓީއަށް 7 ބޭފުޅުންގެ ލިސްޓެއް ފޮނުއްވާފައި ވާއިރު، އޭގެތެެރެއިން  އާޝިއާ އަޒީމާ، ރޯޒްވިލާ، ރ. ހުޅުއްފާރު، އާއިޝިފާޒް އަލީ، ދަފްތަރު ރސ. 12854، އަށް މާކްސް ދީފައެއްްނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *