ސަރުކާރުން އައިނު ވިޔަފާރިއަށް ވަތް މައްސަަލައިގައި ސުވާލު ކުރަނީ

ސަރުކާރުން އައިނު ވިޔަފާރިއަށް ވަތް މައްސަަލައިގައި ސުވާލު ކުރަނީ

ސަރުކާރުން އައިނު ވިޔަފާރިއަށް ވަތް މައްސަަލައިގައި ހެލްތު މިނިސްތަރު އަބްދުﷲ ނާޒިމްއާ ސުވާލު ކުރަން އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވާގޮތުން އެ މައްސަލައާބެހޭ ގޮތުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ސުވާލު ކުރައްވާފައި ވަނީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމްއެވެ.

މެންބަރު ވަނީ ފަސް ސުވާލެއް ކުރައްވައި ފައެވެ.

ސަރުކާރުތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ދުނިޔޭގެ ތަހުޒީބީ މުޖުތަމައު ތަކުގައި ކުރާކަމަކީ ރެގިއުލޭޓް ކުރުން ފާހަގަކޮށް، އާސަންދައިން އައިނު ހައްދައިދޭ އުސޫލު ރެގިއުލޭޓް ކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރި ކުރަން ނިންމި ސަބަބަކީ ކޮބައިތޯ އާއި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކިހާވަރެއްގެ ހަރަދެއް ދިޔަތޯ އާއި އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ހަރަދެއް ހިނގާނެތޯ، ވަނީ ސުވާލު ކުރައްވައިފައެވެ.

އޭގެ އިތުރުން އިގްތިސޯދެއް ދެމިއޮންނަނީ އަމިއްލަ ވިޔަފާރިތައް ދެމިއޮވެގެން ކަމަށްވާއިރު، އައިނު ވިއްކުމުގެ ވިޔަފާރިއަކީ އަމިއްލަ ގިނަ ކުންފުނި ތަކަކުން ޒަމާންތަކެއް ވަންދެން ކުރަމުން އައި ވިޔަފާރިއެއް ކަމަަށާއި، މި ވިޔަފާރީގެ ތެރެއަށް ކުއްލި ގޮތަކަށް ސަރުކާރުން ވަނުމުން ވިޔަފާރިތަކަށް ދިމާވެދާނެ ގޮންޖެހުންތައް، ކިހާވަރަކަށް ދިރާސާ ކުރެއްވިންތޯ އާއި އެ ދިރާސާގެ ނަތީޖާއަކީ ކޮބައިތޯވެސް ސުވާލު ކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *