މުޒާހަރާއިން ހައްޔަރުކުރި 6 މީހަކަށް 15 ދުވަހުގެ ބަންދެއް

މުޒާހަރާއިން ހައްޔަރުކުރި 6 މީހަކަށް 15 ދުވަހުގެ ބަންދެއް

"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި އިދިކޮޅު އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއިން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ހަ މީހުންގެ ބަންދަށް ކުރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.

އެމްޑީޕީން ބުނީ ރޭގެ މުޒާހަރާއިން ފުލުހުން އަށް މީހުން ހައްޔަރުކުރި ކަމަށެެވެ.

ނަމަވެސް އޭގެ ތެެރޭގައ ހިމެނޭ މުހައްމަދު ހަލަފް އިބްރާހިމް ދޫކޮށްލާފައިވާ ކަމަށާއި، ހުސެއިން ޒަރީރު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ދޫކޮށްލާނެ ކަމަށްވެސް ބުނެފައިވެއެވެ.

ފަނަރަ ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކޯޓުން އަމުރުކުރި މީހުން:

ޔައުގޫބު އަބްދުﷲ (ކުރީގެ މަޖިލިސް މެންބަރު)

ޔާސިރު އަބްދުﷲ (ކުރީގެ މަޖިލިސް މެންބަރު)

ހަސަން ސޮލާހް (މާފުށީ ކައުންސިލްގެ ރައީސް)

އަޒީމް އަލީ

ހަސަން ޝާހިރު

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *