ޝިޔާމް ހުޅުމާލެ ފޭސް ދޭކުން 31.7 މިލިޔަނަށް ބިމެއް ގަނެ، ކޯޓު މަރުޙަލާ ނިންމަވައިފި

ޝިޔާމް ހުޅުމާލެ ފޭސް ދޭކުން 31.7 މިލިޔަނަށް ބިމެއް ގަނެ، ކޯޓު މަރުޙަލާ ނިންމަވައިފި

ހުޅުމާލޭގެ ދެވަނަ ފޭހުން، މަޝްހޫރު ސަން ޝިޔާމް ރިސޯޓްސްގެ ވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ބިމެއް ބައްލަވައިގެންފިއެވެ.

މި ވިޔަފާރީގެ މުއާމަލާތާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކުރި ހުމުން އެނގޭ ގޮތުގައި، 31.7 މިލިޔަން (31،767،487.20) މިލިޔަން ރުފިޔާއަށް ޝިޔާމް ބައްލަވައިގެންފައި ވަނީ 3252 އަކަފޫޓުގެ ބިމެކެވެ.

މި ބިން ބައްލަަވައިގަތުމަށް ދައްކަންޖެހޭ އަގު ދައްކައި ޚަލާސްކޮށްފައި ވާތީ، މި ބިން ވިއްކުމުގެ މުއާމަލާތް ފުރިހަމަ ކޮށްދިނުމަށް އެޗްޑީސީ އާއި ޝިޔާމުގެ ފަރާހުން ސިވި ލްކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހިން 3252 އަކަފޫޓުގެ ބިން ޖީއެސްޓީ ހިމަނައިގެން 31.7 މިލިއަން (31،767،487.20) އަށް އަހުމަދު ޝިޔާމް މުހައްމަދު ބައްލަވައިގަނެ، އަގު ދައްކައި ޚަލާސްކޮށްފައި ވާތީ، މި ވިޔަފާރީގެ މުއާމަލާތުގައި ފުރިހަމަ ވާންޖެހޭ އެންމެހާ ޝަރުތުތައް ފުރިހަމަވެފައި ވާކަމަށް ކަނޑައަޅައިި، އެޗްޑީސީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ 3252 ބިމުގެ މިލްކުވެރި ފަރާތަކީ ޝިޔާމް ކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *