ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިންގެ ހިމޭން މުޒާހަރާއެއް
ރައީސް އޮފީސް ކުރިމަތީގައި ނޫސްވެރިން ހިމޭން އިހުތިޖާޖެއް މިއަދު ކޮށްފިއެވެ.
ވޯލްޑް ނިއުސް ޑޭ އަދި ދުނިޔޭގެ ރައިޓް ޓު އިންފޮމޭޝަން ދުވަހާ ގުޅުވައި ނޫސްވެރިން މި މުޒާހަރާ ކުރީ މެންދުރު 13:30 އިން ފެށިގެން 1 ގަޑިރު ވަންދެނެވެ.
ޝުއޫރުފާޅު ނުކުރިނަމަވެސް ނޫސްވެރިން އިހުތިޖާޖުގައި ތިބީ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.
އަދަދު ނޫހާއި ދައުރު ނޫސް އަދި މީހަރު ނޫސްވެސް ހިމެނޭ ގޮތަށް ގިނަ މީޑިއާ ތަކުން ބައިވެރިވި އިހުތިޖާޖުގައި ނޫސްވެރިން ތިބީ އަނގަމަތީ ޓޭޕް އަޅައިގެންނެވެ.






