ނޭޕާލް އަންހެން މީހާއަށް ހަމަލާދިން މީހާ، ޝަރީއަތް ނިމެންދެން ބަންދު

ނޭޕާލް އަންހެން މީހާއަށް ހަމަލާދިން މީހާ، ޝަރީއަތް ނިމެންދެން ބަންދު

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ނޭޕާލު އަންހެން ކުއްޖަކު ޒަހަމްކޮށްލި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފިއެވެ.

އޯސީސީ ފިހާރައިގައި މަސައްކަތް ކުރާ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން އިއްޔެ ހަަމަލާދިން މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ބަންގުލަދޭޝް ފިރިހެނެއް ކަަމަށްވާ ޖަހަންގިރް މިއާއެވެ.

އެ ހާދިސާގައި ސަހަމްވީ 21 އަހަރުގެ ނޭޕާލް އަންހެނަކަށެވެ. ހަމަލާ ދީފައިވަނީ އޭނާގެ ކަރަށެވެ.

އެ މާރާމާރީގައި އަނިޔާވި ނޭޕާލް އަންހެން މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައިފަރުވާ ދިނުމަށްފަހު ވަނީ އިއްޔެގެ ވަގުތެއްގައި ދޫކޮށްލާފައި ކަމަށެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *