ދެފާޓާ ރިހާކުރު ވަގަށްނެގި މީހަކު 15 މަހަށް ޖަލަށް

ދެފާޓާ ރިހާކުރު ވަގަށްނެގި މީހަކު 15 މަހަށް ޖަލަށް

ގެއަކަށް ވަގަށްވަދެ ދެ ފާޓާ ރިހާކުރު ވަގަށްނެގި މީހަކު 15 މަހަށްވުރެ ގިނަ ދުވަހަށް ޖަލަށްލާން، ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކޯޓުން ހުކުމް ކޮށްފައި ވަނީ، ހުސެއިން ޝަންއޫން ބަނަފްސާގެ/ ގދ. ވާދޫ، ގެ މައްޗަށެވެ.

މި މައްސަލައިގައި ހަތަރު ދައުވާއެއް އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވެއެވެ. އޭގެ ތެރެއިން މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހާއި 22 ވަަނަ ދުވަހުގެ 2:45 ހާކަންހާއިރު ޅ. ނައިފަރު / ރާޒްދާންގެއަށް، އެގޭގެ ވެރިފަރާތުގެ ހުއްދަަނެތި ވަނުމުގެ ސަބަބުން، އެނގިހުގެ ހުއްދަނޫން ތަނަކަށް ވަނުުގެ ކުށުގެ ދެ ދައުވާއެއް އޭނާގެ މައްޗަށް ކުރިއެވެ. އަދި އޭޕްރީލް މަހުގެ 21 ވަަނަ ދުވަހު އެގެއަށްވަދެ، އެގޭ ބަދިގެ ތެރޭގައި 20 ލީޓަރު ފާޓާއެއްގައި ހުރި ރިހާކުރު އެ ފާޓާއާއެކު ވަގަށް ގެންގޮސްގެންނާއި، 22 ވަނަ ދުވަހު އެގޭ ބަދިގޭގައި  ޓައްޕެއްގައި ހުރި ރިހާކުރު ވަގަށް ގެންގޮސްގެން ވައްކަން ކުރުމުގެ ދެ ދައުވާއެއް ކޮށްފައިވެއެވެ. މި ހުރިހާ ދައުވާއަކަށް، ކޯޓުގައި އޭނާ ވަނީ އިއުތިރާފް ވެފައެވެ.

އެހެން ކަމުން ފުރަތަމަ ދުވަހު، ގޭގެ ވެރިފަރާތުގެ ހުއްދަަނެތި އެ ގެއަށް ވަދެގެން އޭނާގެ މައްޗަށް ކުރި ދައުވާގައި 22 ދުވަަހުގެ މުއްދަތަށް ޖަލަށް، އަދި ދެވަނަ ދުވަހު ގޭގެ ވެރިފަރާތުގެ ހުއްދަަނެތި އެ ގެއަށް ވަދެގެން އެއް މަހާއި 15 ދުވަހުުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ދެ ވައްކަމުގެ ތެެރެއިން 21 ވަނަ ދުވަހު، 20 ލީޓަރު ފާޓާއެއްގައި ހުރި ރިހާކުރު އެ ފާޓާއާއެކު ވަގަށް ގެންގޮސްގެން، 11 މަހާއި 19 ދުވަހަށް، އަދި 22 ވަނަދުވަހު ރިހާކުރު ޓައްޕު ވަގަށް ގެންގޮސްގެން، ތިން މަސް ދުވަހުގެ މުއްދަތަށް ޖަލުގައި ބަންދު ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

ނައިފަރު ގެއަކުން މީނާ ވައްކަންކުރި ނަމަވެސް ގދ. ވާދޫ މެޖިސްޓްރޭޓް ކޯޓުން މީނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ މިހާރު އެނާ ދިރިއުޅެނީ ވާދޫގައި ކަމުން އެ މައްސަލަ ވާދޫ ކޯޓަށް ބަދަލު ކޮށްގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *