ނިލަންދޫ ދާއިރާގެ 4 މީހަކަށް މެމްބަރު ސައުދާ އުމްރާ ދަތުރެއް ދެއްވަނީ

ނިލަންދޫ ދާއިރާގެ 4 މީހަކަށް މެމްބަރު ސައުދާ އުމްރާ ދަތުރެއް ދެއްވަނީ

ނިލަންދޫ ދާއިރާގައި ހިމެނޭ ނިލަންދޫ އަދި ދަރަނބޫދޫގެ ރައްޔިތުންގެ ތެރެއިން، 4 މީހަކަށް އުމްރާ ދަތުރެއް ދެއްވަން، ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ނިންމަވައިފިއެވެ.

ނިލަންދޫ ދާއިރާގެ ރައްޔިތުންނަށް ސައުދާގެ ފަރާތުން މިއަދު ފޮނުވާފައިވާ މެސެޖެއްގައި ވިދާޅުވެފައި ވަނީ، ސައުދާ ސްޕޮންސަރ ކުރައްވާ އުމްރާ ދަތުރަށް ހަތަރު ފަރާތެއް ހޮވުމަށް ބޭނުންވާތީ، އެކަމަށް ހުޅުވާލާފައިވާ ކަމަށެވެ.

މެސެޖުގައި ބުނެފައިވާ ގޮތުން އުމްރާ ދަތުރު ހަމަޖެހޭ ހަތަރު މީހުން ހޮވާނީ އުމްރާ ދަތުރަށް އެދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. އެގޮތުން އުމްރާ ދަތުރުގެ ގުރުއަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަން ވަނީ ހުޅުވާލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *