މަޝްރޫއުތައް ހުއްޓިފައި ހުރީ ކުރީ ސަރުކާރުން އޭރު ފައިސާ ނުދީގެނެއްނޫން: ރައީސް

މަޝްރޫއުތައް ހުއްޓިފައި ހުރީ ކުރީ ސަރުކާރުން އޭރު ފައިސާ ނުދީގެނެއްނޫން: ރައީސް

ރަށްރަށުގައި ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ހުރީ، ކުރީ ސަރުކާރުން ފައިސާ ނުދީގެން ނޫން ކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަތަރު އަތޮޅުގެ ރަށްތަކަށް މިހާރު ފައްޓަވައިގެން އުޅުއްވާ ދަތުރ ފުޅުގައި ތ. އަތޮޅު ކަނޑޫދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، ގިނަ ރަށްރަށުގެ މަޝްރޫއު ތަކަށް ހުރީ ފައިސާ ދީފައި ކަަމަށާއި، ބައެއް ރަށްރަށުގައި ކޮށްފައިވާ މަސައްކަތް ނިންމާފައިވާ މިންވަރަށްވުރެ އިތުރަށްވެސް ފައިސާ ދީފައިވާ ކަމަށެވެ.

"އިމާރާތް ކުރުމުގެ މަޝްރޫއު ތަކުގައި ހުރީ ފައިސާ ދިނުމުގެ މައްސަަަލައެއް ނޫން ދިމާވެފައި. މީގެ ގިނަ ރަށްރަށުގައި ހުރީ ފައިސާ ހަމަައަށް ދީފަ. އަދި ބައެއް ރަށްރަށުގައި މަސައްކަތަށްވުރެ އިތުރަށްވެސް ފައިސާ ދީފަ އެބަހުރި. އަޅުގަނޑުމެން ހަވާލުވީއިރު، މަސައްކަތް ހިނގާފަ އޮތް ޕަސެންޓޭޖަށްވުރެ އިތުރަށްވެސް ފައިސާ ދީފަ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޝްރޫއުތައް ހުރީ އޮޅުން ބޮޅުން ތަކެއްގެ ތެރޭގައި ކަަމަށެވެ. އެގޮތުން ކޮންޓްރަކްޓަރުން ލައްވައި މަސައްކަތް ކުރުމަށް ދަތިވީވެސް ފައިސާ ދީފައިވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ އަމުދުން ދަތިވެގެން ގޮސްފައިވަނީ އެމީހުން ލައްވާ މަސައްކަތް ކުރުވަން، އެއީ އެމީހުންނަށް ފައިސާ ލިބިފަ ހުރީމަ. ކޮންޓްރެކްޓާ ދެން ފިލަނީ އާދައިގެ ގޮތަކަށް ދަންނަވަންޏާ، ނޫނިއްޔާ ދެން ޚަބަރެއް ނުވަނީ. އެެހެންވީމަ މިކަމުގައި ތާށިވެފައި ވަަރަށްގިނަ ރަށްރަށުގެ ސްކޫލް ހެލްތު ސެންޓަރު މަޝްރޫއުތައް ހުރީ،" ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *