ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރު ކޮށްފި

ކަފިހި ހުރަސް މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރު ކޮށްފި

ކަފިހި ހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓު ވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައެވެ. އެ މީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މި މައްސަލައާއި ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ (57އ) ވަނީ ހައްޔަރު ކޮށްފައެވެ. މީނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *