ވިލިމާލެ ކައިރީ އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ

ވިލިމާލެ ކައިރީ އޮތް ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަނީ

ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ހޯދަމުން ދަނީ، ވިލިމާލެ ބޭރުގައި އަޅާފައި އޮތް ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހެއް ކަމަށެވެ.

ވިލިމާލެއާއި ދިމާލު ބޭރުގައި އޮތް އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ" އިން އިންޑިއާގެ ރައްޔިތަކު ކަނޑަށް ވެއްޓިގެން، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދަނީ ކުރަމުން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ..

އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 23:35 ހާއިރު ކަމަށެވެ.

"ކަނޑަށް ވެއްޓުނު މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ދަނީ ކުރަމުން. މިހާތަނަށް ކުރެވުނު މަސައްކަތުން އެމީހާ އަދިވެސް ފެނިފައެއް ނުވޭ." އެމްއެންޑީއެފުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *