މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލައިގައި ކޮންމެސް ވަރަކަށް ހެކި ހުރުމުން އޭނާ ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކޮށްފައެވެ.
އޭނާ ބަންދު ކުރަން ނެރުނު ކޯޓު އަމުރުގައި ވަނީ، އޭނާ އަތުން ފެނުނު އެއްޗިއްސަކީ އޭނާ ބޯން ގެންގުޅުނު އެއްޗެހި ކަމަށާއި، އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ބުނެފައިވާ ކަމަށެވެ.
އޭނާއަކީ ދޯންޏެއްގެ ކައްޕިއެއް ކަމަށާއި، ނަަމަވެސް އޭނާއަކީ އާއްމުކޮށް، މަސްތުވާތަކެތި ބޭނުންކުރާ މީހެއްނޫން ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް މަސްތުވާ ބާރުގަދަ ޑްރަގެއް ކަމަށްވާ، "މެތު" ބޭނުން ކުރަނީ ދިގު ދަތުރު ކުރަން ޖެހޭތީ ހޭލާ ހުރުމުގެ ބޭނުމުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
ކުރިމިނަލް ކޯޓުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.