މީހަކު ރަހީނުކޮށް އާއިލާއަށް ގުޅައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، ބަނގްލާދޭޝް މީހެއްް ކަމަށްވާ، އެމްޑީ އަލާއުއްދީން ހިރިޑޯއި (28އ) އެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ ހުއްދަ ނޫން ގޮތެއްގައި މީހުން ހިފެހެއްޓުމުގެ ކުށުގައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.
އޭނާ ބަންދު ކުރި ކޯޓު އަމުރުގައި ބުނެފައި ވަނީ، މީހަކު ރަހީނުކޮށް ގެސްޓް ހައުސްއެއްގެ ކޮޓަރިއަކަށް ގެންގޮސް ރަހީނު ކުރި މީހާގެ އާއިލާއަށްގުޅައި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ ކަމށެވެ.