ކަންނެލި ދޯނިން 130 ކިލޯގެ ޑްރަގް އެތެރެކުރި މީހުން އުމުރަށް ޖަލަށް

ކަންނެލި ދޯނިން 130 ކިލޯގެ ޑްރަގް އެތެރެކުރި މީހުން އުމުރަށް ޖަލަށް

ކަންނެލި ދޯންޏެއްގައި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ދައުލަތުން ދައުވާކުރި އެންމެން އުމުރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ބޭއްވި އަޑު އެހުމުގައި ވަނީ، ޑްރަގްސް އެތެރެ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ގއ. ވިލިނގިލީ، ލައިޓް ހައުސް، ޝަހީބް އިބްރާހިމް އާއި ހއ. ހޯރަފުށީ، ވައިލެޓްވިލާ، އަހުމަދު މޫސާގެ އިތުރުން އެކަމުގައި ބައިވެރިވި ގއ. ވިލިނގިލި، ދުންފިނިގެ، އަސީލް މާހިރު، ޅ. ހިންނަވަރު، ސެލް، އަނަސް ހުސައިން އަދި ބަންގްލަދޭޝްގެ އިގުބާލާއި އެ ގައުމަށް ނިސްބަތްވާ މުހައްމަދު ރިޔާދުގެ މައްޗަށް ކުށްސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ.

އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖަކަށްވެސް ދައުވާ އުފުލި އެވެ. ނަމަވެސް، ޖުވެނައިލް ކޯޓުން އެކުއްޖާގެ މައްޗަށް ދައުވާ، ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

މި މަސަަލަތަކުގައި، ޝަހީބާއި އަހުމަދު މޫސާގެ މައްޗަށް ދައުލަތުން އުފުލީ، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއަކާއި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާއެކެވެ.

ދައުވާގައި ހުކުމް އިއްވާފައި މިވަނީ، މައްސަލައިގެ އަޑުއެހުމަށް ޝަހީބު ހާޒިރު ނުވެގެން މިދިޔަ ހަފުތާގައި ފުލުހުން އާއްމުންގެ އެހީއަށް އެދިފައިވަނިކޮށް އޭނާ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމުން ހައްޔަރު ކޮށްގެންނެވެ.

މި މައްސަލައިގައި އޭނާ ފިލުވުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި އޭނާގެ އަންހެނުންވެސް ހައްޔަރު ކުރިއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *