ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރުދައްކައި ބަރަހަނާކޮށް، ފޭރުނު ކަމުގެ ކުށުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައިގެ ތުހުމަތަށް ފުލުހުން ހައްޔަރު ކޮށްފައިވަނީ، ހިޔާ ފްލެޓް 7-6-7- އެޗް އަހްމަދު އުވައިސް އެވެ.
ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރު ދައްކާފައި ވާއިރު، އެމީހާ އޮރިޔާންކޮށް ފޮޓޯ ނަގައި، އެމީހާގެ އެކައުންޓުން ޓްރާންސްފާރ ކުރި ފައިސާ އުވައިސްގެ އެކައުންޓަށް ޖަމާކުރި ކަމަށްވެސް މި މައްސަލައިގައި ވަނީ ބުނެފައެވެ.
މި މައްސަލައިގައި މީނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން، މީނާގެ އާއިލާއާއި ވާހަކަ ދެކެވުނު ނަމަވެސް މާލީހާލަތު ހުރިގޮތުން ވަކީލަކު އަދި ހަމަނުޖެހޭ ކަމަށް ވަނީ ބުނެފައެވެ. އަދި ފޯނު ކޯލު ނުދީ ލަސްވުމުގެ ސަބަބުން އަޑުގަދަ ކުރަން ފެށުމުން ފުލުހުން މީނާއަށް އަނިޔާކުރި ކަމަށް ވަނީ ޝަކުވާ ކޮށްފައެވެ.
މި މައްސަލައިގައި މީނާގެ ބަންދަށް 20 ދުވަސް ކުރިމިނަލް ކޯޓުން ވަނީ ޖަހައިފައެވެ.