ކެރެންޏާ މުއިއްޒު ޖެހޭނީ ޚަންޖަރަކުން އަޅުގަނޑުމެންގެ ދޫ ބުރިކޮށްލަން، އޭރުން އިޝާރާތުން ވިޔަސް ޚިޔާލުފާޅުކުރާނަން: މަލީހު

ކެރެންޏާ މުއިއްޒު ޖެހޭނީ ޚަންޖަރަކުން އަޅުގަނޑުމެންގެ ދޫ ބުރިކޮށްލަން، އޭރުން އިޝާރާތުން ވިޔަސް ޚިޔާލުފާޅުކުރާނަން: މަލީހު

މީޑިއާ ބިލު ތަސްދީގުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރަން އުޅުނަސް، ޕީއެންއެފްގެ ޖަލްސާތަކުގައި ވައްކަމުގެ ވާހަކަ ދައްކަވާނެ ކަމަށާއި، އެ ވާހަކަ ހުއްޓުވަން ކެރިވަޑައިގަންނަވާނަމަ، ރައީސް މުއިއްޒުއަށް ޖެހިވަޑައިގަންނަވާނީ ޚަންޖަރަކުން އެބޭފުޅުންގެ ދޫ ބުރިކޮށްލަން ކަމުގައި މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު ވިދާޅުވީ، ޕީއެންއެފްގެ ޖަލްސާތައް ހުއްޓުވައި، ވައްކަމުގެ ވާހަކަ ހުއްޓުވުމުގެ ގޮތުން އެބޭފުޅުންގެ ދޫ ބުރިކޮށްލައިފިނަމަ، އިޝާރާތުންވެސް އެ ވާހަކަ ދައްކަވާނެ ކަމަށެވެ.

"ކެރެންޏާ މުއިއްޒު ޖެހޭނީ އަޅުގަނޑުމެންގެ ދޫ ބުރިކޮށްލަން، ބުރިކޮށްފިއްޔާ އިޝާރާތުގެ ބަހުންވެސް މާއްދާ 27 ގެ ބޭނުން ހިފާނަން" މަލީހު ވިދާޅުވިއެވެ.

މީޑިއާ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ނަމަވެސް، ޕީއެންއެފްގެ އިސްވެރިން ވިދާޅުވަމުން ގެންދަވަނީ، ދައުލަތާއި ސަރުކާރުގެ ވެރިން ވައްކަންކޮށް، ޚިޔާނާތުގެ އަމަލުތައް ހިންގާ ނަމަ އެ ޕާޓީން އެ ވާހަކަތައް ދެއްކުން ނުހުއްޓާނެ ކަމަށެވެ.

އެގޮތުން ޕީއެންއެފްގެ ބާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވިދާޅުވެފައި ވަނީ ވައްކަމާއި ޚިޔާނާތުގެ ވާހަކަ ދެއްކުމަކީ މީހުންގެ އަބުރަށް އެރުން ނޫން ކަމަށާއި، އެ ވާހަކަތައް ދައްކަވާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *