މީޑިއާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

މީޑިއާ ބިލު ރައީސް ތަސްދީގު ކުރައްވައިފި

ނޫސްވެރިންގެ ކަންބޮޑުވުންތަކައް އިޖާބާ ދެއްވުމެއްނެތި ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާ ބިލް ތަސްދީގުކުރައްވައިފި އެވެ.

ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް އެ ބިލު މަޖިލީހުން ފާސްކުރީ މިދިޔަ ހޯމަ ދުވަހު ދައުރުން ބޭއްވި ޖަލްސާއެއްގަ އެވެ. ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާއެކު އެ ބިލް މިއަދު ވަނީ ގާނޫނަކަށް ބަދަލުވެފަ އެވެ.

މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު، ”މޯލްޑިވްސް މީޑިއާ ކައުންސިލު“ އުވުނީ އެވެ. އަދި ”މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން“ މި ގާނޫނުގެ ދަށުން އުފައްދާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން“ އަށް ބަދަލުވީ އެވެ.

ގާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *