ކުރީގެ ރައީސުންނަށް ދައުލަތުން ދެމުން އަންނަ މާލީ އިނާޔަތްތައް ކުޑަކުރުމަށް ތާއީީދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ރޭ އެކްސްގައި ވިދާޅުވީ، ކުރީގެ ރައީސުންނަށް ދެމުން އަންނަ ޕެންޝަނުގެ މިންވަރު ކުޑަކުރަން އެމަނިކުފާނަށްވެސް ފެނިވަޑައިގަންނަވާ ކަމަށެވެ. އެެހެން ވިދާޅުވެ ނަޝީދު ދޫކޮށްލެއްވީ ޅެން ބައިތުކޮޅެކެވެ. ވިދާޅުވީ،،
ލިބޭ މިންވަރު ނިކަން ދަނެގެން
ވި ބޭނުންތައް ބަހާލައިގެން
ތިބޭ ނަމައީ ފިކުރު ކޮށްގެން
މި ބޭޒާރެއް ނުވެސް ވާނެއޭ
ކުރީގެ ރައީސުންގެ އިނާޔަތް ކުޑަކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުން އަންނަ އިނާޔަތްތައްވެސް ކުޑަކުރަން ހުށަހަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.