ދޮންފަނު މުޒާހަރާ: ޑައިވް ކުރަން ދިޔަ ބަޔަކު ދޮންފަނު ފަރަށް ފޭބިޔަނުދީ ހުއްޓުވައިފި

ދޮންފަނު މުޒާހަރާ: ޑައިވް ކުރަން ދިޔަ ބަޔަކު ދޮންފަނު ފަރަށް ފޭބިޔަނުދީ ހުއްޓުވައިފި

ބ. ދޮންފަނު ފަރުގެ ސަރަހައްދުގައި ޑައިވް ކުރުމަކީ މަނާ ކަމެއް ކަމަށް އެރަށު ކައުންސިލުން ނިންމާފައި ވަނިކޮށް، ޑައިވް ކުރަންދިޔަ ބަޔަކު އެރަށު ފަރަށް ފޭބިޔަނުދީ ދޮންފަނު މީހުން ހުއްޓުވައިފިއެވެ.

ދޮންފަނު ރައްޔިތުން މިހާރު ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން އެކަން ހުއްޓުވިއިރު، ދޮންފަނު ކައުންސިލުގެ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ވަނީ ނިންމާފައެވެ. އެލްޖީއޭއިން އެގޮތަށް ނިންމިނަމަވެސް ދޮންފަނު ރައްޔިތުން ދަނީ ފަރުގައި އިޖުތިޖާޖު ކުރަމުންނެވެ. އެގޮތުން ކަނޑުމަތީގައި ދޯނިތަކުގައި ނުކުމެ މުޒާހަރާ ކުރަމުންދިޔަ ދޯނިތަކުން ވަނީ ޑައިވް ކުރަންދިޔަ މީހުން ފީނަން އެރުނަނުދީ ހުއްޓުވައިފައެވެ.

މި މައްސަލައިގައި ދެފަރާތުގެ މެދުގައި ޒުވާބުތަކެއް ކުރި މަންޒަރުވެސް ސޯޝަލްމީޑިޔާގައި ދައުރު ވަމުން އަންނަ ވީޑިޔޯތަކުން ފެނެއެވެ.

ދޮންފަނު ރައްޔިތުން ކަނޑުމަތީގައި މުޒާހަރާ ކުރަމުން ދަނީ ދޮންފަނު ފަޅު ހިއްކަން ސަރުކާރުން ކުރިން ނިންމި ނިންމުން ބަދަލުކޮށް، އެ ފަޅު ނުހިއްކަން ނިންމުމާއި ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިންނާއި ދޮންފަނު ކައުންސިލުން ބުނަނީ ސަރުކާރުން ދޮންފަނު ފަޅު ހިއްކަން ނިންމަންދެން އެ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *