ރައީސުލްޖުމްހޫރިއްޔާކަމާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރަނީ

ރައީސުލްޖުމްހޫރިއްޔާކަމާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރަނީ

ރައީސުލްޖުމްހޫރިއްޔާކަމާއި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ލިބޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިޢުލާންކުރައްވާފައިވަނީ، މިއަދު އެމަނިކުފާނުގެ ރަސްމީ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް  ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ. ހަމަ މިއާއެކު، ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމަށް އަލިއަޅުއްވާލާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭނެ ކަމަށެވެ. އަދި މިގޮތަށް ޤަވާއިދުތައް އިސްލާހުކުރެއްވުމުގެ މަސައްކަތްތައް މިހާރު ކުރައްވަމުން ގެންދަވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދަ ނިންމެވުމެއް ނިންމަވާފައި މިވަނީ، މި އިނާޔަތްތަކާއި ގުޅޭ ޤާނޫނުތައް އިޞްލާޙު ކުރެއްވުމަށް ރައްޔިތުން ގޮވާލައްވަމުން ގެންދިޔަ ދަނޑިވަޅެއްގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *