ސްޓެލްކޯގެ ބޯޑު މެމްބަރު ކަމަށް، މަޖިލިސް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކުރައްވައިފި

ސްޓެލްކޯގެ ބޯޑު މެމްބަރު ކަމަށް، މަޖިލިސް މެމްބަރު ޝާޑުގެ އަނބިކަނބަލުން މުޒްނާ އައްޔަން ކުރައްވައިފި

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޗާހިދުގެ އަނބިކަނބަލުން އަދި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު މުޒްނާ އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް މުޒްނާ އައްޔަން ކުރެއްވީ ކުރިން ބޯޑު މެމްބަރު ކަމުގައި ހުންނެވި، ތ. ތިމަރަފުށީ، ބޮޑުގެ، މުހައްމަދު އާމިރު  އެ މަގާމުން ވަކި ކުރެއްވުމަށް ފަހުއެވެ. ސްޓެލްކޯގެ ބޯޑު މެމްބަރު ކަމަށް މުޒްނާ އައްޔަން ކުރެއްވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ހާމަކޮށްފައި ވަނީ މިއަދުއެވެ.

މުޒްނާ އެންމެ ފުރަތަމަ ސްޓެލްކޯއާ ގުޅިވަޑައިގެންފައި ވަނީ 2000 ވަނަ އަހަރުއެވެ. އަދި 2017 އިން 2022 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މުޒްނާ ވަނީ ސްޓެލްކޯގެ ސެކްރެޓަރީގެ މަގާމު އަދާކުރައްވާފައެވެ. މީގެއިތުރުން މުޒްނާ ވަނީ ލީގަލް ޑިޕާޓްމަންޓްގެ ހެޑް ކަމާއި، ސްޓެލްކޯ ބިއުރޯގެ ހެޑް ކަމާއި، ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައެވެ. މީގެއިތުރުންވެސް ހެޑް އޮފް ޕްރޮކިއުމަންޓް އެންޑް އިންވެންޓްރީ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ މަގާމާއި، އިންފޮމޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓްގެ ހެޑްކަމުގެ އިތުރަށް ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓްގެ ހެޑް ކަމުގެ މަގާމުވެސް މުޒްނާ އަދާކުރައްވައި ގިނަ ތަޖުރިބާ ތަކެއް ހޯއްދަވާފައިވެއެވެ. އެއަށްފަހު، ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް މުޒްނާ އައްޔަން ކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައިފަހުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މުޒްނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަންއިން އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ނަންގަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *