މީޑިޔާ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރުކޮށް، މިއަދު ނޫސްވެރިން ނެރުނީ ގަދަކަމުން

މީޑިޔާ ބިލު ދިރާސާކުރާ ކޮމިޓީ ސިއްރުކޮށް، މިއަދު ނޫސްވެރިން ނެރުނީ ގަދަކަމުން

މީޑިޔާ ކޮންޓްރޯލްކޮށް، މީޑިޔާގެ މިނިވަންކަން ހަނިވާ ގޮތަށް ފަރުމާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެ ބިލު ދިރާސާ ކުރަން މިއަދު ބޭއްވި ބައްދަލުވުންވެސް ސިއްރުކޮށް، އެ ކޮމިޓީން ނޫސްވެރިން ނެރެފިއެވެ.

ކުރީދުވަހުވެސް ކޮމިޓީ ސިއްރުކޮށް، ނޫސްވެރިން ނެރުމުން ނޫސްވެރިން ވަނީ މަޖިލިސް އިދާރާ ދޮށުގައި އިހުތިޖާޖު ކޮށްފައެވެ. އެގޮތުން މިއަދު ކޮމިޓީ ސިއްރު ކުރުމުން ނޫސްވެރިން ކޮމިޓީން ނުކުންނަން ދެކޮޅު ހެދުމުން މަޖިލީހުގެ އިދާރާއިން ވަނީ ސެކިއުރިޓީން ލައްވައި ނޫސްވެރިން ގަދަކަމުން އެތަނުން ނެރެފައެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި ނަމަވެސް، ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލެއް ކަމަށް ނޫސްވެރިން ގަބޫލުކުރާ މި ބިލާ ދެކޮޅަށް ރާއްޖޭގެ ގިނަ މީޑިޔާތަކާއި ގިނަ ނޫސްވެރިން ވަނީ ވާހަކަ ދައްކާފައެވެ. އެއީ ބިލާމެދު ނޫސްވެރިންނާއި މީޑިޔާތަކުގެ ޚިޔާލު ހޯދުމަށް ކޮމިޓީން ބޭއްވި ބައްދަލުވުމުގައެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުމާއެކުވެސް މީޑިޔާތަކާއި ނޫސްވެރިން ދިޔައީ އިހުތިޖާޖުކޮށް ބިލު މަޖިލީހުން ބޭރު ކުރުމަށް އެދި ގޮވާލަމުންނެވެ. އެއަށްފަހު 151 ނޫސްވެރިޔަކު ސޮއިކޮށް މަޖިލީހަށާއި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *