ބ. ކެންދޫން ގެއްލިގެން ހޯދަމުންދާ ޒުވާނާ ރަށެއްގައި ހުރި ކަމަށް އަންގައިފި އެވެ.
ބ. ކެންދޫ މަންޒިލް، ޝަހުމުﷲ ސާޖިދު (33އ)، އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރޭ ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނީ މިއަދު ހަވީރު އެވެ.
ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުން ދެންމެ ބުނީ ޝަހުމުﷲ ސާޖިދު ރަށެއްގައި ހުރި ކަމަށް ފުލުހުންނަށް ގުޅައި ވަނީ މައުލޫމާތު ދީފައި ކަމަށާ ހާލު ރަނގަޅު ކަމަށެވެ.