ސޯޝަލް މީޑީއާ ޕްލެޓްފޯމެއް ކަމަށްވާ، ޓިކްޓޮކްގައި ކުޑަ ކުއްޖަކު ވިއްކާލަން އިއުލާންކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ކުއްޖާ ވިއްކާލަން އިއުލާންކުރީ ޓިކްޓޮކް ލައިވްއެއްގައި ކަަމަށެވެ.
އެލައިވްގައި 13 އަހަރުގެ އަންހެން ކުއްޖެއްގެ ފޮޓޯ ދައްކައި، އެ ކުއްޖާއާ ގުޅޭ ގޮތުން ހަޑިހުތުރު ވާހަކަ ދައްކައި، އެ ކުއްޖާގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަަމަލެއް ހިންގާފައިވާ ކަމުގެ ރިޕޯޓް ލިބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކަމަށް ފުލުހުން ބުންޏެެވެ.
ނަމަވެސް ފުުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް އެ މީހާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހާ ވަނީ އެ ކުއްޖާ ވިއްކާލާނެ ކަމަށް ބުނެ، އެ ކުއްޖާގެ ފޮޓޯވެސް ޓިކްޓޮކްގައި މިދިޔަ ހުކުރު ދުވަހު އާންމުކޮށްފަ އެވެ.