ޝަމްއޫން ހަމީދަށް ދޭން އެންގި 35 ހާސް ރުފިޔާ ނުދޭން އަމުރު ކޮށްފި

ޝަމްއޫން ހަމީދަށް ދޭން އެންގި 35 ހާސް ރުފިޔާ ނުދޭން އަމުރު ކޮށްފި

ޕީއެސްގެ މަގާމަށް އައްޔަން ކުރަން ނިންމައި، އެ ނިންމުން އަނބުރާ ގެންދިއުމުން ބަދަލުގެ ގޮތުގައި ދޭން އަމުރުކުރި 35،500 ރުފިޔާ އެއްވެސް ފަރާތަކަށް ދޫނުކުރުމަށް ހައި ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް ކަލްޗާ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް 25 މާރިޗު 2024 އިން ފެށިގެން ފަސް އަހަރުގެ ދައުރަކަށް ހ. މީނާޒް ޝަމްއޫން ހަމީދު އައްޔަން ކުރުމާ ގުޅޭގޮތުން ޝަމްއޫން އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ ދެމެދު ކޮންޓްރެކްޓެއް ގާއިމުވުމަށްފަހު، ދެވަނަ ދައުރަކަށް އޭނާ ހަމަ އެމަގާމަށް އައްޔަނު ކުރަން ސީއެސްސީން ނިންމިނިންމުން އަނބުރާ ގެނެސްފައި ވާތީ، ވަޒީފާއާބެޙޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ޝަމްއޫނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އޭނާ އަދާކުރަމުން ދިޔަ މަގާމުގެ އުޖޫރައިގެ ގޮތުގައި ލިބެމުންދިޔަ ފައިސާގެ ނިސްބަތުނ،ް 1 މަސް ދުވަހުގެ އުޖޫރައަށްވާ 35،500 ރުފިޔާ ނަގައިދިނުމަށް ނަގައިދިނުމަށް އަންގައި ޓްރައިބިއުނަލުން މައްސަލަ ނިންމިއެވެ.

ނަމަވެސް ޓްރައިބިއުނަލްގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ސީއެސްސީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުން އެކަމަށް ގޮތެއް ކަނޑައަޅަންދެން ޝަމްއޫނަށް ދޭން ސީއެސްސީއަށް ޓަރައިބިއުނަލުން އަމުރުކުރި 35،500 ރުފިޔާ އެފަރާތަށް ނުދިނުމަށް އެދި ވަގުތީ އަމުރަކަށްވެސް ސީއެސްސީން ހައިކޯޓުގައި އެދުނެވެ.މި ވަގުތީ އަމުރާ ބެހޭގޮތުން ހައިކޯޓުން އިއްޔެ ނިންމި ނިންމުމުގައި ވަނީ، އެ މައްސަލައަށް ކޯޓުން ގޮތެއް ކަޑައަޅަންދެން ޝަމްއޫނަށް ދައްކަން އެންގި ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *