މަތިވެރި ބިމުގެ އެއްބަސްވުން ޓޫރިޒަމުން ބާތިލްކުރި މައްސަ ނުބެލޭނެ: ސިވިލް ކޯޓު

މަތިވެރި ބިމުގެ އެއްބަސްވުން ޓޫރިޒަމުން ބާތިލްކުރި މައްސަ ނުބެލޭނެ: ސިވިލް ކޯޓު

މަތިވެރިން، ރިޗް މޯލްޑިވްސްއަށް ދިން ބިމުގެ އެއްބަސްވުން ބާތިލްކުރި މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ ރިޗްކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންކަންޓް) ގެ މައްޗަށް ހުށަހަޅަން ހަމަޖެހިފައިވާ މައުލޫއީ ގަޒިއްޔާގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ރިޗްކްލަބް މޯލްޑިވްސް އާއި ދައުލަތާ ދެމެދު އއ. މަތިވެރިއިން 2180 އަކަފޫޓުގެ ބިން ކުއްޔަށް ދިނުމާގުޅޭގޮތުން 29 ސެޕްޓެމްބަރު 2019 ގައި ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލް ކުރުމުގެގޮތުން 14 އޯގަސްޓް 2025ގައި ދައުލަތުން ފޮނުވާފައިވާ ނޯޓިސްއަކީ ބާތިލް އަދި އެ މައްޗަށް އަމަލު ކުރަން ނުޖެހޭ ނޯޓިސްއެއްކަަމަށް ކަނޑައަޅައި ދިނުމަށްއެދި ރިޗް ކްލަބް މޯލްޑިވްސް ހުށަހެޅި މައްސަލައެކެވެ.

ސިވިލް ކޯޓުން ބުނެފައިވަނީ، މި މައްސަލައަކީ މަތިވެރީގައި އޮތް ބިމަކާ ގުޅިގެން އުފެދިފައިވާ މައްސަލައެއްކަމަށެވެ.

ކަމާބެހޭ ގާނޫނީ ބިނާތަކުގެ އަލީގައި މަތިވެރީގައިވާ ބިންބިމާއި ނުއުފުލޭ މުދަލުގެ މައްސަލަތައް ބެލުމުގެ އިހްތިސާސް ސިވިލްކޯޓަށް ލިބިގެންނުވާކަމާއި، އެ ފަދަ މައްސަަލަތައް ބެލުމުގެ އިހްތިސާސް ލިބިގެންވާ ކަމާބެހޭ ކޯޓަކީ މަތިވެރި މެޖިސްޓްރޭޓް ކޯޓުކަމަށް ކޯޓުން ވަނީ ބުނެފައެވެ.

އެފަރާތް ތަކުން މީގެކުރިން ވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައްވެސް ހުށަހަޅާފައި ވަނީ މަތިވެރި ކޯޓަށް ކަން އެނގެން އޮންނައިރު، ރިޗްކްލަބް މޯލްޑިވްސްއިން ދިވެހި ދައުލަތުގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ އަމުރުގެ މައްސަލަ ބެލުމުގެ އިހްތިސާސް ސިވިލްކޯޓަށް ލިބިގެން ނުވާކަމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *