މަޖިލީހުގެ ބަޖެޓަކީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްނޫން ކަމަށްބުނެ ކޮމިޓީ ސިއްރު ކޮށްފި

މަޖިލީހުގެ ބަޖެޓަކީ ރައްޔިތުންނާ ގުޅުން ހުރި ކަމެއްނޫން ކަމަށްބުނެ ކޮމިޓީ ސިއްރު ކޮށްފި

އަންނަ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އެހެން މުއައްސަސާތަކާއި ހިލާފަށް މަޖިލީހުގެ ބަޖެޓް ފާސް ކުރަން ޖެހެނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. އެކަން އޮންނަނީ އާއްމު ކޮމިޓީން ފާސް ކުރުމަށްފަހު ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅައިގެން ފާސް ކުރާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނާ ގޮތަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ބަޖެޓް ހުށަހަޅަން ބޭއްވި އާއްމު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ، ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ބަޖެޓް މައްސަލައަކީ ރައްޔިތުންނާއި ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި ބަޖެޓްގެ ކަންކަން މީޑިއާއަށް ތިލަވެދާނެކަން ފާހަގަކޮށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒެވެ.

އެހިސާބުން ކޮމިޓީ ބައްދަލުވުން ސިއްރު ކުރިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *