އިންޑިޔާ އައުޓް ކެމްޕޭން ކުރިއަށްދިޔައިރު، ކުރީގެ ރައީސް ޔާމީންއާއި ޖެހިގެން ކަނާތް ފަރާތުން ޑރ. އަބްދުﷲ ޚަލީލް

އިންޑިޔާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓަކާ ނުފެންނާނެ: މިނިސްޓަރ ޚަލީލް

އިންޑިޔާ އައުޓް ޓީޝާޓް ލައިގެން އަޅުގަނޑު ހުއްޓަކާ ނުފެންނާނެ: މިނިސްޓަރ ޚަލީލް

މިހާރު ވެރިކަމުގައި އޮތް ޕީއެންސީ އާއި ޕީޕީއެމް އިދިކޮޅު ޕާޓީތަކުގެ ގޮތުގައި އޮތްއިރު، އޭރުއޮތް އެމްޑީޕީ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދިޔަ "އިންޑިޔާ އައުޓް ކެމްޕެއިން" ގައި އިންޑިޔާ އައުޓް ލިޔެފައިވާ ޓީޝާޓް ލައިގެން ހުންވަނިކޮށް ފެނިފައިނުވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މިއަދު ވިދާޅުވެއްޖެއެވެ.

ޚަލީލު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނާޒިލް ސުވާލު ކުރެއްވީ "އިންޑިއާ އައުޓް" ޖެހި ޓީޝާޓެއްގައި ހުންނެވިންތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ޚަލީލު ވިދާޅުވީ އިންޑިޔާ އައުޓް ޓީޝާޓް ލައިގެން އޭނާ ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާއިން ނުފެންނާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމާއި ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިދާނެ ކަމަށާއި، އެކަމަށް ފަޚުރުވެރިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ސޯޝަލް މީޑިއާއިން ތިއިން އެއްވެސް ބޭފުޅަކަށް ފެނިވަޑައި ނުގަންނަވާނެ އިންޑިއާ އައުޓް ޓީޝާޓު ލައިގެން އަޅުގަނޑު ހުއްޓައެއް. އެކަމަކު ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ގުޅުން ހުރި ޓީޝާޓެއް ލައިގެން ހުއްޓާ ފެނިވަޑައިގެންފައި އޮވެ ދާނެ. އަޅުގަނޑު އެކަމާ ފަޚުރުވެރިވަން. މިނިވަން ކަމުގެ ދިފާއުގައި، އެއީ އަޅުގަނޑު ފަޚުރުވެރިވާ ކަމެއް އެއީ. އެހެން ވީމާ އެކަން ފެނިވަޑައިގަންނަވާނެ." ޚަލީލް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ އެމްޑީޕީ ސަރުކާރުން ރާއްޖެއަށް ހަތިރާއެކު އިންޑިއާ ސިފައިން ގެނެސްފައިވާ ކަމަށްބުނެ އެކަމާ ދެކޮޅަށް، އޭރުގެ އިދިކޮޅު ލީޑަރެއްގެ ގޮތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގެން ކުރިއަށް ގެންދެވި ސިލްސިލާ މުޒާހަރާ ތަކެކެވެ. އިންޑިޔާ އައުޓް ކެމްޕޭންގައި މިހާރުގެ ފޮރިން މިނިސްޓަރ ޑރ. ޚަލީލުވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *