ކުޑަރަށް ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާމަނުން އެ ރިސޯޓަށް ދިޔުމަށް ދަތުރުކުރަމުންދާ ކަމަށެވެ.
މި ވަގުތު ކުޑަރަށް ރިސޯޓުގެ ފަޔާ ޓީމެއް ދަނީ އެ ރިސޯޓުގައި ހަރަކާތްތެރިވަމުން"
އަލިފާނުގެ ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރު. އަދި، ފަޔަރމަނުން އެ ރިސޯޓަށް ދިޔުމަށް މާލެއިން ފުރާފައިވަނީ 11:05 ހާއިރު އެވެ.