މުޅި މާލެ އަދި ހުޅުމާލެއިންވެސް ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން ކަރަންޓް އަލުން ދިނުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މާލެއާ ހުޅުމާލެއިން ކަރަންޓް ކެނޑިފައިވާއިރު، މިދިޔަ ޖޫންމަހުގެ އެއްވަނަ ދުވަހުވެސް މުޅި މާލެ އަދި ހުޅުމާލެއިން ވަނީ ކަރަންޓް ކަނޑައިގެންގޮސްފައެވެ. އެފަހަރު ހުރިހާ ސަރަހައްދަކަށް ކަރަންޓްދީ ނިމުނީ ހަވީރުވި ފަހުންނެވެ.