ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ގާއިމުކޮށްފި

ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ގާއިމުކޮށްފި

ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމުގެ ނިޒާމެއް އިމިގްރޭޝަނުން ގާއިމުކޮށްފި އެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ވީޑިއޯ މެސެޖެއްގައި ވަނީ ސީޕޯޓު ޑިވިޝަނުން މިހާރު ވަނީ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް)ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަނޑުއުޅަނދުފަހަރުގެ ހަރަކާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމުގެ ނިޒާމެއް ގާއިމުކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.

އެ އިންތިޒާމުގެ ދަށުން، މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ އެންމެހައި ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އަދި މިއީ ބައިނަލްއަގްވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި، ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެކެވެ.

އެ ނިޒާމުގެ ސަބަބުން ސީޕޯޓު ޑިވިޝަނުން ދޭ ކްލިއަރެންސްތައް އިތުރަށް ހަލުވިވެެ، ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އިމިގްރޭޝަނުން ދެކެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *