ދިއްގަރު ކައިރިން ކަނޑުވެފައި ތިބި ބަޔަކު ސަލާމަތް ކޮށްފި

ދިއްގަރު ކައިރިން ކަނޑުވެފައި ތިބި ބަޔަކު ސަލާމަތް ކޮށްފި

ދޯންޏެއް ފަރަށް އެރުމުގެ ސަބަބުން ކަނޑުވި ތިން މީހަކު ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަރަށް އަރައި އެ ދޯނީގައި ތިބި މީހުން ފަރުމަތީގައި ތިއްބާ ސަލާމަތްކޮށްފައިވާނެ ކަމަށެވެ.

އެއީ "އަލްމަޖްރާ" ނަމަކަށް ކިޔާ ދޯންޏެއް ކަމަށާއި އެ ދޯނި މ. ދިއްގަރު ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި ތިން މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ފެނިފައިވާ ކަމަށާއި އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި ވ. ފެލިދޫ އަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ތިން މީހުންގެ ހާލު ވެސް ރަނގަޅެވެ. އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުންނެވެ.

ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން ބުނެއެވެ. ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *