ރާއްޖޭގެ އެންމެ ގާތް އެކުވެރިއަކީ އިންޑިއާއަށް ވުމުން ފަޚުރުވެރިވޭ: މޯދީ

ރާއްޖޭގެ އެންމެ ގާތް އެކުވެރިއަކީ އިންޑިއާއަށް ވުމުން ފަޚުރުވެރިވޭ: މޯދީ

ރާއްޖެއިން އެންމެ އިތުބާރުކުރާ އަދި އެންމެ ގާތް އެކުވެރިއަކީ އިންޑިއާއަށްވުމުން ފަޚުރުވެރިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ އެގޮތަށް ވިދާޅުވީ އ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ މެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގަ އެވެ.

އެ ސްޓޭޓްމެންޓުގައި މޯދީ ވިދާޅުވީ  މިއަހަރު ރާއްޖެއާއި އިންޑިއާގެ ގާތް ގުޅުމަށް 60 އަހަރު ފުރޭނެ ކަމަށެވެ. ނަމަވެސް ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ އެއަށްވުރެ މާ ދުވަސްވީ ޒަމާންވީ ގުޅުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.

އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެންމެ ގާތް ގައުމަކީ ރާއްޖެ ކަމަށާއި އިންޑިއާގެ ”ނެއިބަރހުޑް ފަސްޓް“ ޕޮލިސީއާއި ”މަހާސާގަރު“ ތަސައްވުރުގައިވެސް ރާއްޖެއަކީ މުހިންމު ރޯލެއް އަދާކުރާ ގައުމެއް ކަމަށް މޯދީ ވިދާޅުވި އެވެ.

ރާއްޖެއިން އެންމެ އިތުބާރުކުރާ ގައުމަށް އިންޑިއާވުމަކީ ލިބިވަޑައިގަންނަވާ ފަހުރެއް ކަމަށާއި އިންޑިއާ ވެގެންދާނީ ރާއްޖޭން ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭނެ ގައުމަށް ކަމަށް މޯދީ ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކެއް ކަމަށް މޯދީ ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *