މާލެއާއި ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން އެކްސްގައި ދެންމެ ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
"މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މަޢާފަށް އެދެން." ސްޓެލްކޯއިން ބުނެފައިވެއެވެ.