ބަންޑުން ޖަހާލައި އޮތް ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި

ބަންޑުން ޖަހާލައި އޮތް ޑިންގީއެއްގެ މަތީގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި

ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީއެއްގައި ތިބި ދެ މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 8:39 އެހާކަންހާއިރު އެ ހާދިސާ ރިޕޯޓްކުރީ ޑިންގީ އޮޔާދާ ކަމަށް ބުނެ ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ފުލުހުްނާއި އެމްއެންޑީއެފްގެ ސާޗް ޓީމުތަކުން އެ ޑިންގީ ހޯދަން ނުކުތް ކަމަށް ބުންޏެވެ.

ފުލުހުން ބުނީ، އެ މަސައްކަތުގައި އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހާކަންހާއިރު ފެނިފައިވާ ކަމަށެވެ. އޭރު އެ ޑިންގީގައި ދަތުރުކުރި ދެ މީހުން ޑިންގީގެ މަތީގައި ސަލާމަތުން ތިބި ކަމަށް ބުންޏެވެ.

އެ ޑިންގީގައި ތިބީ 40 އަހަރާއި 60 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ ޑިންގީ ހޯދަމުން ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފްގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *