ޓާމިނަލްގެ މަސަައްކަތް އަވަސްވީ ރައީސްގެ ހިކުމަތްތެރިކަމުން: ސައީދު

ޓާމިނަލްގެ މަސަައްކަތް އަވަސްވީ ރައީސްގެ ހިކުމަތްތެރިކަމުން: ސައީދު

އިދިކޮޅު ފަރާތްތަކުން ކޮންމެ ގޮތަކަށް ވާހަކަތައް ފަތުރަމުން ދިޔަ ނަމަވެސް ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ނިމި ހުޅުވޭގޮތްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހިކުމަތްތެރިކަމުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.،
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމުން ފާހަގަކުރުމަށް އެ ރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރައީސް މުއިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އެ މަނިކުފާނު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މަޝްރޫއުތަށް ނިންމަން ކަނޑައަޅައިފައިވާ ވަގުތަށް އެ މަޝްރޫއުތައް ނިންމުމަށް ކަމާބެހޭ މިނިސްޓަރަށް ބާރު އަޅުއްވާ ކަމަށް ސައީދު ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާ ކެތްތެރިކަމާއެކު ރާއްޖޭގެ އިގުތިސާދު ހަމަމަގަށް އެޅުވުމަށް އަދި ކޮންފިޑެންސް ބިލްޑްކުރުމުގެ މަސައްކަތްތަކެއް ވަރަށް ހިކުމަތްތެރިކަމާއެކު ކުރައްވަމުން އެ ގެންދަވަނީ،“ ސައީދު ވިދާޅުވި އެވެ.
”އިރާދަކުރެއްވިއްޔާ މި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އެބަ ހުޅުވޭ. އެ ހުޅުވުމުގައި ވެސް، ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދެއްވި ޓައިމްލައިންތަކުގައި އެންމެ ބޮޑު އިސްކަމެއް“
ސައީދު ވިދާޅުވީ ރައީސް މުއިއްޒު ވީއައިއޭގެ މަސަައްކުރާ ކުންފުންޏަށް އާ ޓާމިނަލް ނިންމުމަށް ޓައިމް ލައިނެއް ދެއްވި ކަމަށާއި އެ ޓައިމްލައިން ދެއްވީ އެއާމެދު އިތުރަށް ބަހުސްކޮށް ނެގޯޝިއޭޓް ނުކުރެވޭ ގޮތަށް ކަމަށެވެ.
ރައީސްގެ އަމާޒަކަށްވީ އާ ޓާމިނަލްގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ހުޅުވައި، އެ ތަނުން ހިދުމަތް ދޭން ފެށުން ކަމަށް ސައީދު ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *