ރާއްޖޭގެ މައި ފެން ކުންފުނި (އެމްޑަބްލިޔޫއެސްސީ) ގެ ފައިދާ މި އަހަރު 90 ޕަސެންޓްގެ ކުރިއެރުމަކަށް ހިނގައްޖެއެވެ.
އެ ކުންފުނި އޮޑިޓް ކުރުމަށްފަހު، އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން އެމްޑަބްލިޔޫއެސްސީގެ ފައިދާ ކުރީ އަހަރަށްވުރެ 103 މިލިއަން ރުފިޔާ ވަނީ އިތުރު ވެފައެވެ. މިއީ ފާއިތުވީ ތިން އަހަރުގެ ތެރެއިން ފެން ކުންފުނީގެ ފައިދާ އެންމެ މައްޗަށް ދިޔަ ފަހަރެވެ.
އެ ކުންފުންޏަށް މިދިޔަ އަހަރުވެސް 100 މިލިއަން ރުފިޔާގެ ފައިދާއެއް އޭގެކުރީ އަހަރަށްވުރެ އިތުރު ވެފައިވެއެވެ. މިދިޔަ އަހަރު އެ ކުންފުނީގެ އާންމުދަނީއަކީ 1.6 ބިލިއަން ރުފިޔާއެވެ.
އެމްޑަބްލިއުއެސްސީ އަށް މިދިޔަ އަހަރު ވަނީ 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފަ އެވެ. އެއީ 2023 ވަނަ އަހަރާ އަޅާ ބަލާ އިރު 100 މިލިއަން ރުފިޔާގެ އިތުރު އަދަދެވެ. އެ ކުންފުނީގެ ޚަރަދުތައްވެސް 935 މިލިއަން ރުފިޔާ ވަނީ ކުޑަ ވެފައެވެ. ބާރަ ސަތޭކައެއްހާ މުވައްޒަފުން މަސައްކަތް ކުރަމުންދާ އެމްޑަބްލިޔޫއެސްސީއަށް ލިބޭ އާންމުދަނީއިން 16 ޕަސެންޓް ޚަރަދު ކޮށްފައި ވަނީ މުވައްޒަފުންގެ މުސާރައަށެވެ.