ވަގު ފޯމުތަކުގެ މައްސަލަ: ޕީއެންސީ ޖޫރިމަނާ ކޮށްފި

ވަގު ފޯމުތަކުގެ މައްސަލަ: ޕީއެންސީ ޖޫރިމަނާ ކޮށްފި

ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް މެންބަރު އިތުރު ކުރުމަށް މީގެ މަސްތަކެއް ކުރިން އެ ޕާޓީން ފެށި ހަރަކާތުގައި ގިނަ އަދަދެއްގެ ވަގުފޯމު ފުރައި، ޕާޓީއަށް މެންބަރުން އިތުުރުކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ޕާޓީ ޖޫރިމަނާ ކޮށްފިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އެހެން ބަޔަކު ފިންގާ ޕްރިންޓު ޖަހައި ފޯމު ހުށަހެޅި މައްސަލަ އޭނާ ވަނީ ފުލުހަށް ހުށަހަޅައިފަ އެވެ.  ތޯރިގް ވަނީ ފުލުހުން އެ މައްސަލަ ބެލުމަށްފަހު ފޮނުވި ލިޔުން އެކްސްގައި ޕޯސްޓު ކުރައްވައިފަ އެވެ.

ފުލުހުންގެ އެ ލިޔުމުގައި ބަޔާންކޮށްފައި ވަނީ ތޯރިގަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދަން އެހެން ބަޔަކު ފިންގާ ޕްރިންޓު ޖަހައި ފޯމު ހުށަހެޅި މައްސަލައިގައި އެ ޕާޓީ ޖޫރިމަނާ ކުރިކަން ފުލުހުންނަށް އަންގާފައިވާ ކަމަށާއި އެކަމަކު ފޯމުގެ މައްސަލައިގައި ޖިނާއީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާ ކަމަށެވެ.

ފޯމުގައި ޖަހާފައިވާ ފިންގަޕްރިންޓް ފުލުހުންގެ ޑޭޓާބޭސްގައިވާ އެއްވެސް ފިންގަޕްރިންޓަކާ ދިމާނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.  އެހެންވެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *