ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ މީހަކު ނިޔާވެއްޖެ

ކާށިދޫ ކަނޑަށް ސިވެކްގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ސިފައިންގެ އޮފިސަރަކު ނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ސިވެކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލައިގެން ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށާއި ކަނޑުވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލިއިރު އޭގެން ދަތުރު ކުރި މީހުން ސަަލާމަތްކޮށްގެން ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލް ހުންނަ ނައިފަރަށެވެ.

އެ ހޮސްޕިޓަލުގެ އޮފިޝަލަަކު ވިދާޅުވީ ފަސް މީހަކު އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ ސިފައިންގެ ވޮރަންޓް އޮފިސަރ ގްރޭޑް 2، އަލީ ހާމިދުއެވެ.

އޮފިޝަލް ވިދާޅުވީ ހޮސްޕިޓަލަށް ފަސް މީހަކު ގެންދިޔައިރު އޭގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީންނައި ތިން ދިވެހިން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *