އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ދީގެންނުވާނެ: މޫސަ

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ނަޝީދަށް ދީގެންނުވާނެ: މޫސަ

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ރިޔާސީ ކެންޑިޑޭޓަކު ހޮވަން އެމްޑީޕީ އިން ބާއްވާ ރިޔާސީ ޕްރައިމަރީގައި، އެމްޑީޕީގެ ކުރީގެ ރައީސް މުޙަންމަދު ނަޝީދަށް ދީގެންނުވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ނަޝީދަށް އެ ފުރުޞަތު ދޭންނުޖެހޭ ސަބަބަކީ ނަޝީދަކީ ފާޅުގައި އެމްޑީޕީ ރޫޅާލާނެ ކަމަށް އިއުލާނު ކުރެއްވި ބޭފުޅެއް ކަމަށްވާތީ ކަމަށެވެ.

"ރައީސް ނަޝީދު އިއުލާން ކުރައްވަމުން ގެންދެވީ ފުނޑުފުނޑުކޮށްލަވާނަމޭ، ޕާޓީ ފުނޑާލާނަމޭ، ޕާޓީގެ ދުވަސް ދުއްވާލާނަމޭ، ނައްތާލާނަމޭ." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ނަޝީދަށް އެމްޑީޕީގެ ތެރެއިން އެ ފުރުޞަތު ފަހިވިޔަ ނުދިނުމަށް ޕާޓީގެ އާންމު މެމްބަރުންނަށްވެސް ވިސްނައިދެއްވަމުން ގެންދަވާ ކަމަށެވެ.

"އެމްޑީޕީގެ އާންމު މެންބަރުންނަށްވެސް ނަސޭހަތް ދެމުން މިގެންދަނީ. އަދި ބައެއް ރަށްރަށަށް ދަތުރުވެސް އެބަކުރަން. މި ކިޔައިދެނީ އެ ފިކުރުގައި ޕާޓީ ތެރޭގައި އުޅެން ބޭނުންވާ ބަޔަކަށް ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދޭށޭ" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ނަޝީދުގެ ސަބަބުން އެމްޑީޕީއަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެއްޖެ ކަމަށެވެ. އެގޮތުން އެންމެ ފަހުން އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުނުވެ، އެމްޑީޕީ މަގުމަތިވީ ނަޝީދު އެމްޑީީޕީއާ ވަކިވެ، ޑިމޮކްރެޓްސްއަށް ވަޑައިގެން، އެމްޑީޕީއާ ދެކޮޅަށް ކުރެއްވި މަސައްކަތުންކަން އެމްޑީޕީގެ އާންމު މެމްބަރުން ގަބޫލު ކުރާކަމަށެވެ.

އެހެންކަމުން ނަޝީދު އެނބުރި އެމްޑީޕީއަށް ވަޑައިގެން ޕާޓީ ތެރޭގައި އަނެއްކާވެސް އާއިލީ ހަނގުރާމައެއް ކުރަން ފުރުޞަތު ދެވިގެންނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *