ދިވެހި ހައްޖާޖީންނަށް ބެހެއްޓެވި އަހަމިއްޔަތު ކަމަށް ސައުދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރައްވައިފި

ދިވެހި ހައްޖާޖީންނަށް ބެހެއްޓެވި އަހަމިއްޔަތު ކަމަށް ސައުދީ ސަރުކާރަށް ރައީސް ޝުކުރު އަދާކުރައްވައިފި

ހައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖޭން ދިޔަ ހާއްޖާޖީންނަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން އަދާކުރި ފުރިހަމަ މެހެމާންދާރީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ސަޢުދީ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް އެ ގައުމަށް ރައީސް ވަޑައިގެންފައިވާއިރު އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގް ބިން ފައުޒާން އަލް ރާބިއާ ވަނީ އެމަނިކުފާނުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފަ އެވެ. މި ޒިޔާރަތުގައި ދެ ބޭފުޅުން ވަނީ މިއަހަރުގެ ހައްޖުގެ އިންތިޒާމުތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ ދިވެހި ހައްޖާޖީންނާމެދު ސައުދީ ސަރުކާރުން ބާއްވާ ގާތްކަމާއި ދެއްވާ ފުރިހަމަ ހިދުމަތަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސައުދަށާއި، ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސައުދަށް ޝުކުރު އަދާކުރައްވާފަ އެވެ.

މިއަހަރު ސަޢުދީގެ މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖޭ ހިމެނުމަކީ ރާއްޖޭން ޙައްޖަށްދާ ފަރާތްތަކުގެ ދަތުރުފަތުރަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކުރައްވައި ސަޢުދީ ސަރުކާރުން އަދާކުރެއްވި ފުރިހަމަ މެހެމާންދާރީއަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *