ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އޮތް ހަފްލާއެއްގައި ޔާމީން އާއި އޭރުގެ ޓޫރިޒަމް މިނިސްޓަރު ޒަމީރު

ޔާމީން އަންގައިގެން 17 މިލިއަން ރުފިޔާ ހިލާލީގެއިން ނެރުނިން

ޔާމީން އަންގައިގެން 17 މިލިއަން ރުފިޔާ ހިލާލީގެއިން ނެރުނިން

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ އެންގުމަށް 17 މިލިއަން ރުފިޔާ ހިލާލީގެއިން ނެރުނު ކަމަށް ފުއްގިރި މައްސަލައިގައި ރައީސް ޔާމީން ހުށަހެޅި ދިފާއި ހެތްކަކު ކުރިމިނަލް ކޯޓުގައި މިއަދި ހެކިބަސް ދީފިއެވެ.

އޭނާ އެގޮތަށް ހެކިބަސްދިނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުންކުރާ ދައުވާގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން، މުލިީއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު ބުނީ ސަން ކުންފުނީގެ ވެރިޔާ ކަމަށްވާ މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ސިޔާމަށް ދޭންޖެހޭ ފައިސާ ތަކެއް ކަމަށް ވިދާޅުވެ، ފައިސާތަކާ ހަވާލުވުމަށް، ހިލާލީގެ އަށް އައުމަށް ޔާމީން އޭނާއަށް އެންގެވި ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޭރުގެ ރަސްމީ ގެ ކޮޅަކީ ހިލާލީގެއެވެ. ހިލާލީހގެއަށް ހަމަ އެ ރޭ އޭނާ ދިޔައިރު މޭޒެއް މަތީގައި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ހުރިކަމަށްވެސް އޭނާ ބުންޏެވެ. އަދި އެއީ 17 މިލިއަންކަން އެނގުނީ ޔާމީން ވިދާޅުވުމުން ކަމަށްވެސް އޭނާ ބުންޏެވެ.

އޭނާބުނީ ފައިސާތައް ހުރީ 50،000 ރުފިޔާއިން، ބަންޑަލް ކޮށްފައި ކަމަށެވެ. އެހެން ކަމުން އެ ފައިސާ ލަގެޖް ބޮޑު ފޮއްޓަކަށް އެޅީ އޭނާ ކަމަށާއި، އެ ފޮއްޓާ ހަވާލުވުމަށް ސިޔާމްގެ ކާރުގައި އޭނާގެ ޑްރައިވަރު ހިލާލީގެ ކައިރިއަށް ދިޔަ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް އެކަން ހިނގި ސީދާ ތާރީހު ނޭނގޭ ކަމަށްވެސް އޭނާ ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *