ޙުސައިން އަމްރު ޕީއެސްއެމްގެ ފަރާތުން ބޭއްވި މަޖިލިސް އިންތިޚާބުގެ ބަހުސްގައި. ފޮޓޯ: ޕީއެސްއެމް

ބިރު ދައްކައިގެން ޕީއެންސީއަށް ވޯޓު ހޯދަން ގޮވި މައްސަލަ ބަލައިދިދޭން އަމްރު ހުށަހަޅައިފި

ބިރު ދައްކައިގެން ޕީއެންސީއަށް ވޯޓު ހޯދަން ގޮވި މައްސަލަ ބަލައިދިދޭން އަމްރު ހުށަހަޅައިފި

ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސްފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ވަޒީފާގެ ބިރު ދައްކައިގެން ހިންނަވަރު ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނަށް ވޯޓުދޭން މަޖުބޫރު ކުރުވަން ގޮވައިލި މައްސަލަ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނެޝަނަލް ކޮމްޕެއިންސް ބިއުރޯއަށް ހުށަހަޅުއްވާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމުރު ވިދާޅުވެއްޖެއެވެ.

ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދެއްކި ޕީއެންސީގެ މެންބަރަކު ވަނީ، އިދިކޮޅު ފަރާތްތަކަށް ގުޅައިގެން، ސަރުކާރު ކެނޑިޑޭޓަށް އެއްބާރުލުން ހޯދަންޖެހޭ ކަމަށް ބުނެފައެވެ. އަދި އެ ފަރާތްތަށް ސަރުކާރު ކެންޑިޑޭޓާ ނުގުޅިއްޖެނަމަ ފިޔަވަޅު ތަކެއް އަޅަން ޖެހޭނެ ކަމަށްވެސް ބުންޏެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިގެން، ފެލިވަރުގައި މަސައްކަތްކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް ކެނޑިޑޭޓަށް ދީގެން، އެ ފަރާތް ބޭނުންވާ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތެއް ހައްދަވައި ދިނުމަށް، އެ ޖަލްސާގައި އިންނެވި ފިޝާރީޒް މިނިސްޓަރު އަރިހުން އެދޭ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އެހެން ނޫނީ މަޖިލިސް އިންތިހާބު ކާމިޔާބު ކުރަން ޕީއެންސީއަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެއީ އިންތިހާބަށް ނުފޫޒު ފޯރުވުމެއްކަމަށް ދެކެވަޑައިގެން އެ މައްސަލަ ނޭޝަނަލް ކޮމްޕެއިންސް ބިއުރޯއަށް ހުށަހަޅަން އީސީގެ ރައީސް ފުއާދު ތައުފީގުވެސް ވަނީ އެދި ވަޑައިގެންފައެވެ.

އެކަމާ ގުޅިގެން، މަޖިލިސް އިންތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަ ކުރައްވާ އަމްރު، ވިދާޅުވެފައި ވަނީ، އެ މައްސަލަ ބަލައި ދިނުމަށް އެދި އީސީއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ފަދަ މައްސަލަތައް ބެލުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރު ކުރުމަށާއި ކެންޑިޑޭޓުންގެ ހައްގު ރައްކާތެރި ކުރުމަށާއި އިންތިހާބާ އީސީ އާއި މެދު ރައްޔިތުންްގެ އިތުބާރު ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *