އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގު. ފޮޓޯ: ޕީއެސްއެމް

ފުއާދުގެ އިލްތިމާސް: ފެލިވަރު މުވައްޒަފުންނަށް ބިރު ދައްކައިގެން ވޯޓުދޭން މަޖުބޫރު ކުރަން ގޮވާލި މައްސަލަ ހުށަހަޅުއްވާ

ފުއާދުގެ އިލްތިމާސް: ފެލިވަރު މުވައްޒަފުންނަށް ބިރު ދައްކައިގެން ވޯޓުދޭން މަޖުބޫރު ކުރަން ގޮވާލި މައްސަލަ ހުށަހަޅުއްވާ

ޅ. ފެލިވަރުގައި ހުންނަ މިފްކޯގެ މަސްފެކްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންނަށް، ވަޒީފާގެ ބިރު ދައްކައިގެން ހިންނަވަރު ދާއިރާގެ ސަރުކާރު ހިންގާ ޕީއެންސީގެ ކެނޑިޑޭޓް މުހައްމަދު އަބްދުއްރަޙްމާނަށް ވޯޓުދޭން މަޖުބޫރު ކުރުވަން ގޮވައިލި މައްސަލަ ނެޝަނަލް ކޮމްޕެއިންސް ބިއުރޯއަށް ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެއެވެ.

ޅ. ހިންނަވަރުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދެއްކި ޕީއެންސީގެ މެންބަރަކު ބުނެފައި ވަނީ، އިދިކޮޅު ފަރާތްތަކަށް ގުޅައިގެން، ސަރުކާރު ކެންޑިޑޭޓަށް އެއްބާރުލުން ދޭންޖެހޭނެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަދި އެ ފަރާތްތަށް ސަރުކާރު ކެންޑިޑޭޓާ ނުގުޅިއްޖެނަމަ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށްވެސް ބުންޏެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ދަންނަވައިގެން، ފެލިވަރުގައި މަސައްކަތްކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރެއް ކެންޑިޑޭޓަށް ދީގެން، އެ ފަރާތް ބޭނުންވާ ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބޭނެ ގޮތެއް ހައްދަވައި ދިނުމަށް، އެ ޖަލްސާގައި އިންނެވި ފިޝަރީޒް މިނިސްޓަރު އަރިހުން އެދޭ ކަމަށް އޭނާ ބުންޏެވެ.  އޭނާ ބުނީ އެހެންނޫނީ  މަޖިލިސް އިންތިޚާބު ކާމިޔާބު ކުރަން ޕީއެންސީއަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވެފައި ވަނީ  މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އދި މައްސަލަ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައިގެން ކުރިއަށް ގެންދަން އެދޭ ކަމަށްވެސް ފުއާދު ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *