އަމިއްލަ ފަރާތްތަކުން އޭސީކޮށްދޭ މިސްކިތް ތަކުގެ ކަރަންޓް ބިލު ސިޓީ ކައުންސިލުން ދައްކާ ގޮތަށް ހަދައިފި

އަމިއްލަ ފަރާތްތަކުން އޭސީކޮށްދޭ މިސްކިތް ތަކުގެ ކަރަންޓް ބިލު ސިޓީ ކައުންސިލުން ދައްކާ ގޮތަށް ހަދައިފި

އަމިއްލަ ފަރާތަކުން މާލޭގެ މިސްކިތެއް އޭސީ ކޮށްދީފިނަމަ ކަރަންޓް ބިލްވެސް ދައްކަން ޖެހޭނީ އެމީހާ ކަމަށް މާލޭ ސީޓީ ކައުންސިލްގައި އޮތް އުސޫލު ބަދަލުކޮށް، އަމިއްލަ ފަރާތް ތަކުން މިސްކިތެއް އޭސީ ކޮށްދިން ނަމަވެސް، އެ މިސްކިތުގެ ކަރަންޓްބިލް މާލޭސިޓީ ކައުންސިލުން ދައްކާ ގޮތަށް ހަމަޖައްސައިފިއެވެ.

މިސްކިތްތައް އޭސީ ކޮށްދިނުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތައް އެބަތިބި ކަމަށާއި، ނަމަވެސް އޭސީ ކޮށްދޭމީހާ ބިލް ދައްކަންޖެހޭ ގޮތަށް އުސޫލު އޮތުމުން، ބިލް ނުދެއްކިދާނެ ކަމަށް ބައެއް ފަރާތް ތަކުގެ ކަންބޮޑުވުން އޮތްކަން ފާހަގަ ކުރައްވައި، އެގޮތަށް އޭސީ ބަހައްޓާ މިސްކިތް ތަކުގެ ކަރަންޓްބިލް ސިޓީ ކައުންސިލުން ދައްކާ ގޮތަށް ހެދުމަށް ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ، ކައުންސެލަ އަހްމަދު ޒަމީރެވެ.

އޭނާ ވިދާޅުވީ، މިސްކިއްތައް އޭސީކޮށް ބިލް ދައްކަމުން އައި ބައެއް ފަރާތް ތަކަށް ދިމާވެފައިވާ ކަންތައްތަކެއްގެ ސަބަބުން ކަރަންޓް ބިލް ދެއްކެން ނެތް ކަންވެސް އެ ފަރާތް ތަކުން ކައުންސިލަށް އަންގަމުންދާ ކަމަށެވެ. އެހެން ކަމުން އޭސީ ކޮށްފައިވާ މިސްކިތް ތަކުގެ އޭސީގެ ޚިދުމަތް ކެނޑުނަ ނުދިނުމަށާއި، އަމިއްލަ ޚަރަދުގައި މިސްކިތްތައް އޭސީ ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ިދނުމަށްޓަކައި، މިސްކިތް ތަކުގެ ކަރަންޓް ބިލް މާލޭ ސިޓީ ކައުންސިލުން ދެއްކުމަށް ކައުންސިލް ބައްދަލުވުމަށް އޭނާ ހުށަހެޅުއްވިއެވެ.

ކައުންސެލަރު ޒަމީރު ހުށަހެޅުއްވި ގޮތަށް ކައުންސިލްގެ މިއަދުގެ ބައްދަލުވުުމުގައި ވަނީ ފާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *