ޑައިމޯފިން އާއި ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައި ވަނިކޮށް، ސ.ހިތަދ،ޫ ނީލީސިތާރ،ާ މުހައްމަދު މިގްދާދު ދޫކޮށްލަން ކުރިމިނަލްކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.
މި މައްސަލައިގައި މިގުދާދު ބަންދުގައި ބެހެއްޓުމަށްފަހު، ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުނ،ް 27 ޑިސެންބަރު 2023 ގައި އޭނާ ބަންދުން ދޫކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.
ކުރިމިނަލް ކޯޓުގެ އެ އަމުރަކީ ގާނޫނު އަސާސީ އާއ،ި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދާއި މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއްކަމަށް ކަނޑައަޅައ،ި އެ އަމުރު ބާތިލުކޮށްދިނުމަށް ދައުލަތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހަތްދުވަހުގެ މުއްދަތަށް މިގުދާދު ބަންދު ކޮށްދިނުމަށް އަމުރުކޮށްދިނުމަށާއި، އެ ހަތް ދުވަހުގެ މުއްދަތުގައި އޭނާގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅައިފިނަމ،ަ ވަގުތުން ގޮތެއް ކަނޑައަޅަންޖެހޭ ބާވަތުގެ ޖިނާއ،ީ މަދަނީ އަދި އާއިލީ މައްސަލަތަކުގައި ކޯޓު އަމުރު ދޫކުރުމާބެހޭ އުސޫލާ އެއްގޮތްވާގޮތުގެ މަތިނ،ް 24 ގަޑިއިރުގެ ތެރޭގައި އޭނަގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެއެވެ.
މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، މިގްދާދު ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލްކޮށްފައެވެ. އަދި އޭނާ ބަންދު ކުރުމަށްއެދި ޕްރިސިކިއުޓާޖެނެރަކްގެ ފަރާތުން މިއަދުން ފެށިގެން ހަތްދުވަހުގެ ތެރޭގައި ހުށަހަޅައިފިނަމަ، އެ ހުށަހެޅުމާމެދު އެކަށީގެންވާ އަވަސް މިނެއްގައި ގޮތެއް ކަނޑައެޅުމަށް ވެސް މި ހުކުމުގައި ހައިކޯޓުން ވަނީ ކުރިމިނަލްކޯޓަށް އަންގައިފައެވެ.