ޕްރިންސް ފިލިޕްގެ ވަސިއްޔަތް 90 އަހަރު ވަންދެން ސިއްރެއްގެ ގޮތުގައި ބާއްވަންޖެހޭނެ: ކޯޓު

ޕްރިންސް ފިލިޕްގެ ވަސިއްޔަތް 90 އަހަރު ވަންދެން ސިއްރެއްގެ ގޮތުގައި ބާއްވަންޖެހޭނެ: ކޯޓު

އިނގިރޭސި ރަސްކަމުގެ އިއްޒަތާއި ޝަރަފަށްޓަކާ، ރާނީ، ކުއީން އެލިޒަބަތުގެ އަވަހާރަވެފައިވާ ފިރިކަލުން ޕްރިންސް ފްލިޕްގެ ވަސިއްޔަތް ސިއްރެއްގެ ގޮތުގައި ރައްކާތެރިކަމާއާއިއެކު 90 އަހަރު ވަންދެން ބާއްވަން ވާނެ ކަމުގައި ލަންޑަނުގެ ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

އިނގިރޭސި ރާނީއާއި ކައިވެނި ބައްލަވައިގަތްތާ 70 އަހަރު ފުރިގެން ގިސްފައި ވަނކޮށް، ފިލިޕް، ދަ ޑޫކް އޮފް އެޑިމްބާރގް، އުމުރުން 99 އަހަރުފުޅުގައި އަވަހާރަ ވެފައިވަނީ، ފާއިތުވެދިޔަ އެޕްރިލް މަހުގެ 9 ވަނަ ދުވަހު، ލަންޑަނުގެ ހުޅަގުން އޮންނަ ރާނީގެ ވިންޑްސޯރ ކާސަލް ގޭގައެވެ.

ކޯޓުގެ ފެމިލީ ޑިވިޒަންގެ ރައީސް އެންޑްރޫ ވިދާޅުވެފައިވާ ގޮތުގައި، 1910ވަނަ އަހަރުގެ ކޮންވެންޝަނަކާ އެއްގޮތަށް، ޕްރިންސް ފިލިޕްގެ ވަސިއްޔަތް ބަންދު ކޮށްފައި އޭނާ ހުއްދަ ދީފައިވާނެ ކަމަށާއި، އަދި "ކޯޓުގެ ފައިލްތަކުގައި ބެހެއްޓުމަށް ވަސިއްތުގެ އެއްވެސް ކޮޕީއެއްވެސް އެއްވެސް ހަދައިގެން ނުވާނެ."

އޭނާ ވިދާޅުވި ގޮތުގައި، 9010ވަނަ އަަހަރުގެ ކޮންވެންޝަންއަކީ، ޝާހީ އާއިލާގެ އިސްފަރާތެއް އޭރު ނިޔާވުމާ ގުޅިގެން، ވަސިއްޔަތް ރައްކާތެރި ކުރުމުގެ އެޕްލިކޭޝަނެއް އޭރުވަނީ ކޯޓުގެ ފެމިލީ ޑިވިޝަންއަށް ހުށަހެޅިފައި ކަމުގައެވެ.

ކޯޓުގެ ފަނޑިޔާރު ވިދާޅުވެފައި ވަނީ، ވަސިއްޔަތް އާންމުކޮށް، ނުވަތަ ޝާޢިއު ކުރުމުގެ ކުރިން، ވަސިއްޔަތް ރަސްމީކޮށް ކޯޓުގައި ރަޖިސްޓްރީ ކުރި ތާރީޚުން ފެށިގެން 90 އަހަރު ފާއިތުވެފައި ވާންވާނެ ކަމުގައެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި، މި ގޮތަށް ވަސިއްޔަތެއް އެންމެ ފުތަތަމަ ރައްކާތެރި ކުރެވިފައިވަނީ، ޕްރިންސް ފްރާންސިސް އޮފްޓެކްގެ ވަސިއްޔަތް ކަމުގައެވެ. އޭނާއަކީ، ޖޯޖް Vގެ އަނބިކަބަލުން ކުއީން މޭރީގެ ކޮއްކޮއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި އޭނާއަކީ މިހާރުވެސް، މި ގޮތަށް ނިޔާވެފައިވާ، ޝާހީ އާއިލާއަށް ނިސްބަތްވާ 30 ވަސިއްތެއްގެ ބަލަދުވެރިކަމުގެ ޒިންމާ މިހާވެސް އުފުލަންޖެހިފައިވާ ފަރާތެއް ކަމުގައެވެ.

މިގޮތުން އެންމެ ފަހުން ރައްކާތެރިކަން ދޭންޖެހިފައި ވަނީ، މިހާރުގެ ރާނީގެ މަންމާފުޅު އެލިޒަބަތު އާއި ދައްތާފުޅު ޕްރިންސެސް މާގްރެޓް އަވަހާރަ ވުމަށްފަހު 2002 ވަނަ އަހަރުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *