ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން ދަށަށް ހިގައްޖެ: ސިއްޙަތު ޖަމިއްޔާ

ކޯވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން ދަށަށް ހިގައްޖެ: ސިއްޙަތު ޖަމިއްޔާ

ފާއިތުވެދިޔަ ހަފްތާގައި ދުނިޔޭގައި ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ 4 މިލިއަން މީހުންކަމަށާ، މިއީ ފާއިތުވެދިޔަ މަސްތަކާ އަޅާ ބަލާއިރު، މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ބޮޑުތަކުން ދަށަށް ދިޔަ ފުރަތަމަ ފަހަރު ކަމުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ WHO އިން ބުނެފިއެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި، ކޮންމެ ހަފްތާއަކުވެސް، ދުނިޔޭގައި 4.4 މިލިއަން މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

ކޮންމެ ހަފްތާއަކުވެސް، ޔޫއެންގެ ހެލްތު އޭޖެންސީން ނެރެމުން އަންނަ ހަފްތާގެ އަޕްޑޭޓުގައި، އަންގާރަ ދުވަހު WHO އިން ނެރުނު އަޕްޑޭޓުގައި ބުނެފައި ވާގޮތުން، އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު، ފާއިތުވެދިޔަ ހަފްތާގައި ދުނިޔޭގެ ހުރިހާ ރީޖަނެއްގައިވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މިންވަރު ދަށަށް ގޮސްފައިވާ ކަމުގައެވެ.

ދުނިޔޭގައި ކޯވިޑް19ގައި މަރުވަމުންދާ މީހުންގެ ނިސްބަތް ހަފްތާއަކު 62،000 އަށް ތިރިވެފައިވާއިރު، ސައުތު އޭޝިއާގައި ވަނީ މީހުން މަރުވާ މީހުންގެ ނިސްބަތް ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. އެހެންނަމަވެސް، އެފްރިކާގައި މިބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ %7 މަތިވެފައެވެ.

ފާއިތުވެދިޔަ ހަފްތާގައި، އެންމެ ގިނައިން މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ އެމެރިކާއާއި، އިނގިރޭސިވިލާތާއި، އިންޑިއާ، އިރާން އަދި ތުރުކީގައެވެ.

އަދި ދުނިޔޭގައި ފެތުރެމުންދާ ޑެލްޓާ ވޭރިއެންޓް މިހާރުވަނީ ދުނިޔޭގެ 180 ގައުމަކަށް ފެތުރިގެން ގޮސްފައެވެ.

WHO އިން ހާމަ ކޮށްފައިވާ ގޮތުގައި، ބޮޑެތި މީހުންނާ އަޅާ ބަލާއިރު އަދިވެސް ކުޑަކުދިންނަށް ބަލި ޖެހޭއަދަދު ވަރަށް މަދު ކަމަށާއި، ދުނިޔޭގައި 24 އަހަރުން ދަށުން، ކޯވިޑް ބަލީގައި މަރުވެފައިވަނީ %0.5 ކުދިން ކަމުގައެވެ.

WHO އިން ބުނެފައި ވަނީ، ދުނިޔޭގައި ވެކްސިން ދިނުމުގައި ހުރި ދަތިތަކަށް ބަލާއިރު، ވެކްސިން ދިނުމުގައި ކުޑަކުދިންނަށް އިސްކަން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *