ސަރުކާރުގެ ލާދީނީ ކަން ހައްދުފަހަނަ އަޅައި ގޮސްފި: އަލީ ރަމީޒު

ސަރުކާރުގެ ލާދީނީ ކަން ހައްދުފަހަނަ އަޅައި ގޮސްފި: އަލީ ރަމީޒު

މިސަރުކާރުގެ ލާދީނީ ކަން ހައްދު ފަހަނަ އަޅައި ގޮސްފައިވާކަމަށް ސަލަފް ޖަމްއިއްޔާގެ އިސް މެމްބަރެއް ކަމުގައިވާ އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކިޔަވާ ކުދިންގެ ފޮތްތަކުގައި އިސްލާމް ދީނާއި، ގުޅޭގޮތުން ލިޔެފައިވާ ލިޔުންތަކާއި، ޝާއިރު ކޮށްފައިވާ އާޓިކަލްތަކެއް ހިއްސާ ކުރައްވައި އަލީ ރަމީޒު ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ދަރިވަރުން ކިޔެވުމަށް ތައްޔާރުކޮށްފައިވާ ފޮތްތަކުގައި ﷲ ވޮޑިކަންވާކަމާއިމެދު ޝައްކު އުފެއްދުމަކީ ބަލައި ގަނެވޭނެކަމެއް ނޫންކަމަށެވެ.

ދަރިވަރުންނަށް ތައުލީމް އުގަންނައިދޭ ފޮތްތަކުގައި އިސްލާމްދީނާއި ދުރުކުރުމަށް ތަފާތުއެކި ވާހަތައް ލިޔެ އާންމުކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަން ކުރި ބަޔަކަށް ހައްގު އަދަބު ދިނުމަށާއި، މިނިސްޓަރ ޑރ.އައިޝަތު އަލީ މަޤާމުން އިސްތިއުފާ ދެއްވުމަށް އަލީ ރަމީޒު ވަނީ ގޮވާލާފައެވެ.

މިސަރުކާރުގެ ލާދީނީ ކަން ހައްދުފަހަނަ އަޅާ ގޮސްފި. ﷲ ވޮޑިގެން ވުމާއިމެދު ޝައްކު އުފައްދައި، ދަރިވަރުން އިސްލާމް ދީނާއި ދުރުކުރަން އެތައް އެތައް މަސައްކަތްތަކެއް ދަނީ ކުރަމުން. މި ޖަރީމާ ހިންގާ މީހުންނަށް މީގެ އަދަބު ލިބެންޖެހޭނެ. އެޑިއުކޭޝަން މިނިސްޓަރ އިސްތިއުފާދީ.

– އަލީ ރަމީޒު ވިދާޅުވިއެވެ.

މިއަހަރުގެ ކިޔެވުން ފެށުނު ފަހުން މިހާތަނަށް ފޮތްތަކުގެ ގިނަ މައްސަަލަތެއް ފާހަގަ ވަމުންދާއިރު، މިކަމާއި ގުޅޭގޮތުން މިނިސްޓްރީން ވަނީ މިއަދު ނޫސްވެރިންނާއިވެސް ބައްދަލުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ މިކަންމަކީ ބަޔަކު ސިޔާސީ މަޤްސަދެއްގައި ދައްކަމުންދާ ވާހަތަކެއްކަމަށެވެ. ފޮތްތަކުގައި މައްސަލަ ހުރުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، އެކަންކަން މިނިސްޓްރީން ރަނގަޅު ކުރާނެކަމަށެވެ.

ގިނަ ބޭފުޅުން ބުނަމުންދަނީ މިނިސްޓްރީން ފޮތްތަކުގައި މިގޮތަށް ލިޔެ ހަދާފައިވާ ގަސްތުގައި ވަކި އެޖެންޑާއެއް ހާސިލް ކުރުމަށް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *